މިއަހަރު ފެށުނީސުރެން ގިނަބަޔަކު އެންމެ އިންތިޒާރު ކުރި އެއް ފިލްމަށް ވެގެންދާނީ ސްޓާރ ވާރސް ދަ ފޯސް އެވޭކެންސްއެވެ. މި ފިލްމް އަންނަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.
އެގޮތން ޑިޒްނީ އިން ނެރެފައިވާ ނޫސް ބަޔާނުގައިވާ ގޮތުން ސްޓާރ ވާރސްގެ އެނމެ ފަހުގެ ފިލްމް ދަ ފޯސް އެވޭކެންސް އިން ވަނީ ބޮކްސް އޮފީހުގެ ތާރީހުގައިވެސް ނެރުނު އެންމެ ކާމިޔާބު ފިލްމަށް ވެފައެވެ.
މިމަހުގެ 16 ވަނަ ދުވަހު ސްކްރީންތަކާއި ހިސާބަށް އައި މިފިލްމަށް ވަނީ މިހާތަނަށް 529 މިލިއަން ޑޮލަރު ލިބިފައެވެ.
މީގެ ކުރިން އެންމެ ކާމިޔާބު ފިލްމުގެ ޝަރަފުގައި އޮތް ޖުރެސިކް ވޯލްޑަށް ފުރަތަމަ ހަފްތާގައި ލިބިފައިވަނީ 524.9 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން ހެރީ ޕޮޓާ ސީރީސްގެ އެނމެ ފަހުގެ ފިލްމް ޑެތްލީ ހެލޯސް ޕާރޓް2 އިން ދަމަހަށްޓަމުން އައި ރިކޯޑު ކަމަށްވާ ފިލްމް އަޅުވާ ދުވހުގެ އުންމް ކާމިޔާބު ފިލްމުގެ ލަގަބުވެސް ދަ ފޯސް އެވޭކެންސް ވަނީ ހޯދާފައެވެ. ބެލެވޭ ގޮތުގައި މި ފިލްމް އަދިވެސް ގިނަ ރިކޯޑުތަކެއް މުގުރާލާނެއެވެ.