Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ރާޖް ބައްޕައަކަށްވީ ކައިވެނީގެ އެނިވަސަރީގައި

ބޮލީވުޑްގެ މިހާރުގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާޖްކުމާރު ރާއޯ ބައްޕައަކަށްވެއްޖެ އެވެ.

އޭނަ އާއި އަންހެނުން ބަތަލާ ޕަޓްރަލޭކާ އަށް އަންހެން ދަރިޔަކު ލިބުނުކަން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. ދެމަފިރިންގެ އަލަތު ދަރިފުޅު އުފަންވީ އެ މީހުންގެ ކައިވެންޏަށް ހަތަރު އަހަރު ވެސް ފުރުނު ދުވަހު އެވެ. ރާޖް، 41، އާއި ޕަޓްރަލޭކާ، 35، ކައިވެނިކުރީ ނޮވެމްބަރު 15، 2021 ގަ އެވެ.

ރާޖް އަކީ މިހާރު ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ބަތަލުގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ރިލީޒްކުރި އެކްޝަން ތުރިލާ "މާލިކް" އެވެ.

ރާޖް އާއި ޕަޓްރަލޭކާ އަށް ދަރިޔަކު ލިބުނު ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ތަހުނިޔާ ކިޔަމުންނެވެ.