Last Updated: June 7, 22:00
Sunday, June 7, 2026
ދުނިޔެ

ޕޮލިސް ސްޓޭޝަނެއް ގޮވައި 9 މީހަކު މަރުވެއްޖެ

ކަޝްމީރުގެ އިންޑިއާ ފަޅީގެ ޕޮލިސް ސްޓޭޝަނެއް ގޮވައި 9 މީހަކު މަރުވެއްޖެ އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭ ނައުގަމް ޕޮލިސް ސްޓޭޝަންގައި ހިނގި ހާދިސާގެ ތެރޭގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ފުލުހުންނެވެ. އެގޮތުން މަރުވި މީހުންގެ ތެރޭގައި ފޮރެންސިކް އޮފިޝަލުންތަކެއް ވެސް ހިމެނެ އެވެ.

ޕޮލިސް ސްޓޭޝަންގައި ހުރި ގޮވާ ޒާތުގެ ތަކެތި ގޮވައިގެން ހިނގި ހާދިސާގައި 29 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ކަމާބެހޭ ފަރާޔްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

މިދިޔަ ހަފުތާގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓް އޭރިއާގައި ކާރެއް ގޮވައި 8 މީހަކު މަރުވެފައިވެ އެވެ. އެ ހާދިސާ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ސިފަކޮށް ސަރުކާރުން ބުނީ އޭގެ ފަހަތުގައި ތިބި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.