ދާދި ފަހުން މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ޓްރެންޑްވި ލަބޫބޫ ބުދަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.
އެެއަށް ހާއްސަކޮށްގެން ފިލްމެއް ހަދަން ނިންމީ ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯއެއް ކަމަށްވާ ސޮނީ ޕިކްޗާސްއިންނެވެ. އެތަނުން ވަނީ ލަބޫބޫ އަށް ފިލްމެއް އެ ބުދު ނެރޭ ޗައިނާހެ ކުންފުނި، ޕޮޕް މާޓުން އެކަމުގެ ރައިޓްސް ވެސް ހޯދައިފަ އެވެ.
ސޮނީ ޕިކްޗާސްއާ ހަވާލާދީ ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުުނީ ލަބޫބޫ އަށް ބިނާކޮށް ގެނެސްދޭ ފުރަތަމަ ފިލްމަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބެއް ބަލައިފައި އެ ފްރެންޗައިޒަކަށް ހަދާނެ ކަމަށެވެ.
ނަމަވެސް މި ޕްރޮޖެކްޓާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ސޮނީ ޕިކްޗާސް އިން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ޑައިރެކްޓްކުރާނީ ކާކު ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
ލަބޫބޫ މާކެޓަށް ނެރުނީ 2015 ގަ އެވެ.