Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޓެކްސް ފޯރަމް ފަށައިފި

މޯލްޑިވްސް ޓެކްސް ފޯރަމް މިއަދި ފަށައިފި އެވެ.

މިއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އިންސްޓިޓިއުޓް އޮފް ޗާރޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ގުޅިގެން ބާއްވާ ފޯރަމެކެވެ.

މީރުމާ އިވެންޓްސް ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދާ ފޯރަމް ފައްޓަވައި ދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ފޯރަމް ހަވީރު 4:30 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

"ޝޭޕިން އަ ސްމާޓަ ޓެކްސް ފިއުޗަ ޓުގެދާ" ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ.

މި ފޯރަމްގައި ޓެކުހުގެ ދާއިރާގެ ފަންނީ މާހިރުންނާއި ޓެކްސް ލޯޔަރުންނާއި އެކައުންޓިން ޕްރޮފެޝަނަލްސް އަދ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ޓެކްސް ތަންފީޒުކުރުމުގައިދިމާވާ ގޮންޖެހުންތަކާއި، ޓެކްސްދައްކާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި ބައިނަލްއަޤްވާމީ ޓެކުހުގެ މައިދާނުގައި ޓެކްސް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި އެކުލަވައިލައިފައިވާ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.

އެގޮތުން، ތަފާތު ފަސް މަޢުޝޫއަކަށް ފޯރަމްގެ ތެރޭގައި ޕެނަލް މަޝްވަރާތައް ކުރިއަށް ގެންދަން ރޭވިފައިވެ އެވެ.