Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ޕީއެންސީގެ ޖަލްސާ އަށް 50 މިލިއަން ހަރަދުކުރި

ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ރޭ މާލޭގައި ބޭއްވި ޖަލްސާ އަށް 50 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށާއި މިއީ ދެއްކުންތެރިކަން ހައްދުން ނެއްޓިފައިވާވަރު ދައްކުވައި ދން ޖަލކްސާއެއް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް ވިދާޅުުވެއްޖެ އެވެ.

އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައިގައި ވިދާޅުވީ ރޭގެ ޖަލްސާ އަކީ ‏ވަޒީފާގެ ބިރަށް މަޖުބޫރީ ހާލަތުގައި ގެންދިޔަ މީހުންނާއި، 100ރ. ދީގެން ޖަލްސާއަށް ގެންދިޔަ މީހުންނާއި، ޓީޝާޓް ލައްވާފައި ގެންދިޔަ ބަންގާޅު މީހުން ކަމަށެވެ. އަދި އެ ވަރުން ވެސް 5،000 މީހުން ޖަލްސާ އަށް ހަމަނުވާ ކަމަށް އައްބާސް ވިދާޅުވި އެވެ.

"ރައްޔިތުންގެ ޓެކުސް ފައިސާ އިން 50 މިލިއަން ރުފިޔާ ހަރަދުކޮށްފައި ދެއްކުންތެރިކަން ހައްދުން ނެއްޓިފައި." އޭނަ ވިދާޅުވި އެވެ.

ދުރާލައި ޕީއެންސީން އިއުލާންކޮށްގެން ރޭގެ ޖަލްސާ ބޭއްވީ ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ގެންގޮސްގެންނެވެ. އެގޮތުން އުޅަނދުތައް ޗާޓަރުކޮށްގެން ވައިގެ މަގުންނާއި ކަނޑުމަގުން މީހުން މާލެ ގެންގޮސްފައިވެ އެވެ. ޖަލްސާ އަށް ދިޔަ މީހުންނަށް އެލަވަންސެއްގެ ގޮތުގައު 1،000ރ. ވެސް ދިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރޭގެ އެެއްވުމަކީ ރާއްޖޭގައި ބޭއްވުނު ތާރީހީ ބޮޑު އެއްވުމެއް ކަމަށާއި ޖަލްސާގައި 13،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ.

ރައީސްގެ ސަރުކާރަށް އަންނަ އަންގާރަ ދުވަހު ދެ އަހަރު ފުރޭ އިރު، ރައްޔިތުން ތިބީ ސަރުކާރާ އެކު ކަމަށް ޕީއެންސީން ބުނެ އެވެ.