މީގެ ފަސް އަހަރު ކުރިން ރިލީޒްކުރި ބޮލީވުޑްގެ ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ދެވަނަ ބަޔަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް ކުރިއަށްދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ ކަމަށާއި އެ ފިލްމު ޑައިރެކްޓް ކުރާނީ ތަޖުރިބާކާރު ޑައިރެކްޓަރު ޕްރިޔަދަރުޝަން ކަމަށެވެ. ވަރަށް މަގުބޫލު ހޮރޯ-ކޮމެޑީއެެއް ކަމަށްވާ 2007 ގެ "ބޫލް ބުލައްޔާ" ވެސް ހެދި ޑައިރެކްޓަރު އަންނަ އަހަރުގެ ކުރީކޮޅު ވެސް އެ ޖޯންރާގެ ފިލްމެއް ގެނެސްދޭނެ އެވެ.
އެއީ އަކްޝޭ ކުމާރާއި ވަމީގާ ގައްބީގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެންނާނެ "ބޫތު ބަނގްލާ" އެވެ.
"ބޫތު ޕޮލިސް 2" ޑައިރެކްޓް ކުރާނީ ޕްރިޔަދަރުޝަން ކަމަށް ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަ މިހާރު އަންނަނީ އަކްޝޭ އާއި ސައިފް އަލީ ޚާނާ އެކު ތުރިލާއެެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއީ އަންނަ އަހަރު ގެނެސްދޭނެ "ހައިވާން" އެވެ.
ދެހާސް އެކާވީހުގައި ރިލީކުރި "ބޫތު ޕޮލިސް" އަކީ ރަމޭޝް ތައުރާނީ އާއި އާކާޝް ޕޫރީ ޕްރޮޑިއުސްކޮށް، ޕަވަން ކިރްޕަލާނީ ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. ސިނަމާތަކުގެ ބަދަލުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ފިލްމުގެ ލީޑް ރޯލު ކުޅުނީ ސައިފާއި އަރުޖުން ކަޕޫރާއި ޖެކްލީން ފެނާންޑޭޒްގެ އިތުރުން ޔާމީ ގޯތަމެވެ.
ނަމަވެސް "ބޫތު ޕޮލިސް 2" އިން ހަމަ މި ކާސްޓް ފެންނާނެ ކަމެއް އަދި ސާފެއް ނޫނެވެ.