Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް އަށް

އެންސްޕާގެ ބައެއް ހިދުމަތްތައް ވަންގަވް މެދުވެރިކޮށް ދޭން ފަށައިފި އެވެ.

މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ވަގުތު ވަންގަވް އިން އެންސްޕާގެ ފަސް ހިދުމަތެއް ލިބޭނެ ކަމަށެވެ.

ވަންގަވް އަށް ބަދަލުކުރި ހިދުމަތްތަކަކީ:

‎* ފަގީރު ހާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ
‎* ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ދޭ މާލީ އެހީ
‎* ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
‎* ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
‎* ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީ

ހީނާ ވިދާޅުވީ އެ ފަސް ހިދުމަތް ވަންގަވް އަށް އެއްކޮށް ބަދަލުކުރަން ނިންމާފައި ވަނީ އަންނަ ޖެނުއަރީން ފެށިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހިދުމަތްތައް ވެސް ވަންގަވް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

ވަންގަވް މެދުވެރިކޮށް ސަރުކާރާއި ކައުންސިލްތަކުން ދެމުން އަންނަ ހިދުމަތްތައް ދިނުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުމްނެވެ. އެގޮތުން ވަންގަވް މެދުވެރިކޮށް ދާދި ފަހުން އައްޑޫ ސިޓީ ކައުންސިލްގެ ހިދުމަތްތައް ވެސް ދޭން ފަށާފައިވެ އެވެ.