Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ހުޅުމާލޭ ސީއެޗްއެސްއީގައި ސެޓެލައިޓް ސްކޫލް

ހުޅުމާލޭގައި ހުންނަ ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައި ސެޓެލައިޓް ސްކޫލް ގާއިމު ކުރަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އެކަމަށް ބޭނުންވާ ސެޓަޕް ގާއިމުކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުހެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެެ.

މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވާނީ މި ލިންކް forms.moe.gov.mv މެދުވެރިކޮށެވެ.

ހުޅުމާލޭ ސީއެޗްއެސްއީ އަކީ މާލޭގައި ހިންގަމުން އަައި ސީއެޗްއެސްއީގެ ބަދަލުގައި 2022 ގައި ހުޅުވި ތަނެކެވެ. ނަމަވެސް އަލުން މާލޭގެ ސީއެޗްއެސްއީގައި ކިޔަވައި ދޭން ފެށީ މިދިޔަ އަހަރު އެވެ. އެގޮތަށް ނިންމީ އޭ ލެވެލް އަށް ކިޔަވަން ބޭނުންވާ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ފަހިކޮށް ދިނުމުގެ ގޮތުންނެވެ.