Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަސް ކެނޑުމުގެ މުބާރާތަކަށް ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ބާއްވަން ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން މަސްކެނޑުގެ މުބާރާތަކަށް ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މުބާރާތް ބާއްވާނީ އަންނަ މަހުގެ 13 ގައި ރ. ދުވާފަރުގައި ކަމަށެވެ.

ދެ ޖިންސްގެ މީހުންނަށް ވެސް ބައިވެރިވެވޭ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މަސް ކެނޑުމުގެ މުބާރާތުގެ މަގުސަދަކީ ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކޮށް މަސް ކެނޑުމަކީ ވެސް މަސްވެރި ސިނާއަތުގައި މުހިއްމު މަސައްކަތެއްކަން އަންގައި ދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މި މުބާރާތުގެ ގަދަ ތިނެއް ހޮވައި އިނާމު ވެސް ދޭނެ އެވެ. އެގޮތުން އެއް ވަނަ އަށް 3،000ރ. ދެވަނަ އަށް 2،000ރ. އަދި ތިން ވަނަ 1،000ރ. ލިބޭނެ އެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީން ވަނީ ރ. އަތޮޅުގެ ރަށްތަކަށް ފަރުމަހުގެ މަސްވެރިކަމުގެ މުބާރާތަކަށް ވެސް ހުޅުވާލައިފަ އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު 10 އެވެ. އަދި މި އަހަރު ފާހަގަ ކުރާނީ 45 ވަނަ މަސްވެރިންގެ ދުވަހެވެ.