Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

'ހައިވާން' ގައި މޯހަންލާލުގެ ކެމިއޯއެއް

ސައިފް އަލީ ޚާނާ އެކު ޑައިރެކްޓަރު ޕްރިޔަދަރްޝަން ހަދަމުން އަންނަ ފުރަތަމަ ފިލްމު "ހައިވާން" ގެ ކެމިއޯއެއްގައި މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލް ހިމެނޭނެކަން ކަށަވަރުކޮށް ދީފި އެވެ.

ފިލްމުން އޭނަ ފެންނާނެ މަންޒަރުތައް ޝޫޓްކޮށް ނިންމާފައިވާ އިރު، ޑައިރެކްޓަރު ވަނީ ސައިފާއި މޯހަންލާލާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މިދިޔަ އޮގަސްޓް މަހު ޝޫޓިން ފެށި "ހައިވާން" އަކީ މޯހަންލާލް ހިމަނައިގެން 2016 ގައި ޕްރިޔަދަރުޝަން ގެނެސްދިން އެކްްޝަން ތުރިލާ "އޮއްޕަމް" ގެ ރިމޭކެވެ.

ކުޑަ އަންހެން ކުއްޖަކު ވެސް ވަރަށް މުުހިއްމު ރޯލެއް ކުޅުނު އެ ފިލްމުގައި މޯހަންލާލު ކުޅެފައި ވަނީ ލޯފަން ކެރެކްޓާއެކެވެ.

"ހައިވާން" ގައި ސައިފް ކުޅެނީ ތަޖުރިބާކާރު މޮޅު އެކްޓަރު ކުޅުނު ރޯލެވެ.

މި ފިލްމުގެ ނެގަޓިވް ރޯލަކުން އަކްޝޭ ކުމާރު ވެސް ފެންނާނެ އެވެ. މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ "ހައިވާން" ގެ ބަތަލާއިންގެ ތެރޭގައި ސައްޔާމީ ކޭރާއި ޝްރިޔާ ޕިލްގާއޯންކަރް ހިމެނެ އެވެ.

މި ފިލްމު އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. "ހައިވާން" ގެ ކުރިން އަންނަ އަހަރުގެ އެޕްރީލްގައި ޕްރިދަރުޝަންގެ ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" ބެލުންތެރިންނަށް ގެނެސްދޭނެ އެވެ. އޭގެ ތަރިންނަކި އަކްޝޭ އާއި ވަމީގާ ގައްބީ އެވެ.