Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޗައިނާގެ 20 ސްކޮލަޝިޕަކަށް ހުޅުވާލައިފި

ޗައިނާއިން ދިން 20 ސްކޮލަޝިޕަކަށް ހުޅުވާލައިފި އެވެ.

އެ ގައުމުން މި ފަހަރު ހިމެނެނީ 11 ޕީއެޗްޑީ އާއި 7 މާސްޓާސް އާއި ދެ ބެޗްލާސް ޑިގްރީގެ ސްކޮލަޝިޕެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަޝިޕްތަކުގެ ފުރުޞަތުތައް ބަހާލާފައިވަނީ ދެ ބަޔަކަށް ކަމަށެވެ. އެއީ ޗައިނާގައި އަލަށް ކިޔަވަން ފަށާ ދިވެހި ދަރިވަރުންނަށް ފަސް ފުރުސަތާއި މިހާރު ވެސް އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް 15 ފުރުސަތު ކަމަށެވެ.

ބެޗެލާސް އަށް ޑިގްރީ އަށް ކުރިމަތިލެވޭނީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް 25 އަހަރުވެފައި ނުވާ ނަމައެވެ. މާސްޓާސް އަށް ކިޔަވަން ކުރިމަތިލެ ވޭނީ އަންނަ ފެބްރުއަރީގެ ނިޔަލަށް 35 އަހަރު ނުފުރޭ ނަމަ އެވެ. އަދި ޕީއެޗްޑީ އަށް ކުރިމަތިލެވޭނީ ފެބްރުއަރީގެ ނިޔަލަށް 40 އަހަރު ނުވާ ނަމައެވެ.

ސްކޯލަޝިޕްތަކަށް އެދި އެޕްލާއި ކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ 14 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.