ސިވިލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ފޭދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ހޯދަނިީ އެ އަވަށު ރަންބުސްތާނުގޭ ރޭޝަން ޝަރީފް، 43، އެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އެހެންވެ ރޭޝަންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.