Last Updated: June 6, 14:01
Saturday, June 6, 2026
ޚަބަރު

ޕީސީބީގެ ކުރީގެ ރައީސް، މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމްދީ އަގީލް އައްޔަންކޮށްފި އެވެ.

އެކަން މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއުލާންކުރި އިރު، ހަމްދީ އަކީ ކުރިން އެ ބޯޑްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނަ އެ މަގާމުން ވަކިކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 12 ގަ އެވެ.

ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަންކުރީ ނޮވެމްބަރު 22، 2023 ގަ އެވެ.

އޭނަ އެމްއެމްބީސީގެ އެސްޖީގެ މަގާމަށް އައްްޔަންކުރި އިރު، އެ ކޮމިޝަނަކީ މި ސަރުކާރުން ދާދި ފަހުން އުފެއްދި ކޮމިޝަނެކެވެ. ކޮމިޝަންގައި 7 މެންބަރުން ތިބެ އެވެ. އެއީ މުހައްމަދު ފަރުސަތާއި ސަފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތާއި
އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމްގެ އިތުރުން ހުސައިން ސަގީފެވެ.

ކޮމިޝަންގެ ރައީސަކީ ފަރުސަތެވެ. އަދި ނައިބަކީ ޒަމްއަތެވެ.