Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އެއާ އެމްބިއުލާންސް ދުބާއީ އާއި ތައިލޭންޑަށް

ދުބާއީ އާއި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ދަތުރުތައް ފަށަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މި އެއްބަސްވުމް ހަދާފައި ވަނީ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) އާ އެކު އެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުް ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރެވެ. އެެއްބަސްވުމުގައި އައިއޭއެސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒެވެ. އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދެވެ.

ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިއޭސް އިން ބުނީ މިނިސްޓްރީގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސް އުފައްދަވައިވާ ކަމަށާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރު މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.

އެެއާ އެމްބިއުލާންސްގެ ހިދުމަތް ދެމުން އަންނަނީ މިދިޔަ އަހަރުގެ މާޗު 1 އިން ފެށިގެންނެވެ.

އެގޮތުން މިހާތަނަށް، 1،840 ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ސަރަހައްދަށް އެއާ އެމްބިއުލަންސްގައި އުފުލާފައިވެ އެވެ.

ރާއްޖޭން ބޭރުން ބޭސް ފަރުވާގެ ޚިދުމަތް ހޯދުމަށް މިހާރު ގިނައިން އާސަންދަ ދެމުން އަންނަނީ އަވައްޓެރި އިންޑިއާ އިން ×ެމުން އަންނަ އިރު، ކުރިއަށް އޮތް ތަނުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދުބާއީ އާއި ތައިލޭންޑަށް ފަށާނެ އެވެ.