Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ރައީސް މުއިއްޒުގެ ސަރުކާރަށް 2 އަހަރު

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މިއަދު 2 އަހަރު ފުރިއްޖެ އެވެ.

އެ މަނިކުފާނު ވެރިކަމިގެ ހުވާކުރެއްވީ ނޮވެމްބަރު 17، 2023 ގަ އެވެ.

ސަރުކާރަށް މިއަދު ދެ އަހަރުވުމާ ގުޅިގެން ވެރިކަން ހިންގާ ޕާޓީ، ޕީއެންސީން މިއަދު ވަނީ ރައީސް މުޢިއްޒުގެ ޒަޢާމަތަށް ކާމިޔާބު 2 އަަހަރު ފުރުމުގެ އުފާވެރި މުނާސަބާގައި ރައީސަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށް ބުނެގަ އެވެ.

އެ ޕާޓީ ސޯޝަލް މީޑިއާގައި ބުނީ އަޑި ނޭނގޭ މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެގައި ބެހިގެން ގެނބިގެން ދަނިކޮށް ޤައުމުގެ ހުންގާނާ ހަވާލުވެވަޑައިގެން ސަލާމަތުގެ އައްސޭރިއަަށް ހޭރިއާ ކުރެއްވުމުގައި ރައީސް ފާއިތުވި ދެ އަހަރުގެ ތެރޭގައި ނިންމެވި މުހިއްމު ނިންމެވުން ކަކީ އުނދަގޫ އެކަމަކު ޔަޤީންކަމާއެކު 'ދިވެހީންގެރާއްޖެ' ސަލާމަތުގެ އައްސޭރިއަށް ބަނދަރު ކުރާނެ ނިންމެވުންތަކެއް ކަމަށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން މިއަދު ޔަޤީންކުރާ ކަމަށެވެ.

ސަރުކާރަށް މިއަދު ދެ އަހަރުވުމާ ގުޅިގެން އެކަން ފާހަގަކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ހަމަޖެހިފައިވެ އެވެ. ރައީސް މުއިއްޒުގެ ސަތުކާރަށް އަހަރެއްވުމާ ގުޅިގެން ވެސް އެފަދަ ބޮޑު ރަސްމިއްޔާތެއް މިދިޔަ އަހަރު ބޭއްވި އެވެ.

މި ސަރުކާރަށް ދެ އަހަރުވީ އިރު، ސަރުކާރުގެ ވަރަށް ގިނަ ސިޔާސަތުތަކަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔައި، މި ވެރިކަން ބަދަލު ވެސް ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.