Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަރަދޫފޭދޫގައި ނަމާދު ވޯކްޝޮޕަކަށް ހުޅުވާލައިފި

އައްޑޫ މަރަދޫފޭދޫގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވަން ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕަކަށް ހުޅުވާލައިފި އެވެ.

މި ވޯކްޝޮޕަކީ އިސްލާމިކް މިނިސްޓްރީން މި އަހަރު ފެށި "ނަމާދު މަތިވެރި ކުރުން" ޕްރޮފްރާމްގެ ދަށުން ބާއްވާ ވޯކްޝޮޕެކެވެ. އެގޮތުން މި ވޯކްޝޮޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ މަރަދޫފޭދޫ އަވަށު އޮފީހާއި އައްޑޫގެ ޖަމިއްޔާއެއް ކަމަށްވާ މިޝްކާތު ފައުންޑޭޝަން ގުޅިގެންނެވެ.

މި މަހުގެ 22 ގައި ފަށަން ހަމަޖެހިފައިވާ މި ވޯކްޝޮޕް ހާއްސަކޮށްފައި ވަނީ އުމުރުން 10-14 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެހެންވެ މީގައި މަރަދޫފޭދޫގެ ކުދިން ބައިވެރި ކުރުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ފުރުސަތު ދޭން ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ރަޖިސްޓްރީކުރާ 50 ކުދިންނަށެވެ.

އައްޑޫގެ ބައެއް ޖަމިއްޔާތަކާއި އަވަށު އޮފީސް އިސް ނަގައިގެން މީގެ ކުރިން ވެސް އަވަށްތަކުގައި ދެ ޖިންސުގެ ކުދިންނަށް ނަމާފު ވޯކްޝޮޕްތައް ބާއްވާފައިވެ އެވެ.