Last Updated: July 23, 14:58
Thursday, July 23, 2026
ޚަބަރު

ބެޑްމިންޓަން އިން މެޑެލް ހޯދުމުން ރައީސްގެ ތަހުނިޔާ

ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025 ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް މެޑެލް ހޯދި ކުޅުންތެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

އެ މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކޮށް ރަން މެޑެލް ހޯދާފައި ވަނީ، ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤާއި ހުސައިން ޒަޔާނެވެ.

މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާ އިން ހޯދި ދެވަނަ ރަން މެޑެލެވެ.

ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާ އިން ވަނީ ރިހި މެޑަލް ވެސް ހޯދި އެވެ.