Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

އެންމެ ނުބައި ސިހުރުން ހުވަފެނުން ފެނުން ގާތް ކަންކަން!

މޫދަށް އެރި އުޅެނިކޮށް ކުއްލިއަކަށް ދިޔަ ބޮޑުވެ ސަލާމަތް ނުވެވިގެން އުޅެން ޖެހޭ ތަން ވަރަށް ގިނަ ރޭރޭ ހުވަފެނުން ފެނިއްޖެ އެވެ. މިއީ ކޮން ކަހަލަ ކަމެއްތޯ؟

ކިޔުންތެރިޔާ އަށް ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. ބޭނުންވެލައްވާ މައުލޫމާތު ލިބިލައްވާނެ އެވެ. އިންޝާ ﷲ

ސިހުރުގެ ތެރެއިން ސިހުރު ހެދުމަށްފަހު މޫދަށް ގިރުވަނީ އެމީހަކު ކުރާ ހުރިހާ ކަންކަން ފޭލް ކުރުވުމަށެވެ. ދިރިއުޅޭ ކުރާ މަސައްކަތާއި ޢާއިލީ ގުޅުންވެސް ފެން ފަދައިން ދިޔާވެ ނެތިގެން ދިއުމަށެވެ. އަތުގައި ހުންނަ މުދާ ވެސް ގެއްލި ހުރިހާ ކަމަކުން ގެއްލުން ދިނުމަށެވެ. މި ބާވަތުގެ ސިހުރަކީ އެންމެ ބޮޑަށް ގެއްލުންދޭ އަދި ފަސޭހަކުރަން އުނދަގޫ ސިހުރުކަމަށް ވެސް ބެލެވެ އެވެ.
މީހަކަށް ހުވަފެނުގަ ފެނާއި ގުޅުން ހުރި ކަންކަން ފެންނަ ނަމަ އިތުރަށް ވިސްނައިލަން ޖެހޭނެ އެވެ.

ބައެއް މީހުންނަށް ހުވަފެނުގައި މޫދު، ކޯރު، ފެންބޮޑުވެގެން އުޅޭތަން، ފަތާތަން، ބޮޑެތި ފެންގަނޑުގަނޑު ފަދަ ކަންކަން ތަކުރާރުކޮށް ފެންނަ ނަމަ އެއީ އެމީހަކަށް ހަދާފައިވާ ސިހުރެއް މޫދަށް ގިރުވާލާފައިވާތީ ފެންނަ ހުވަފެން ކަމަށް ވެދާނެ އެވެ.

ސިހުރު ހެދުމަށްފަހު އުސް ތަންތަނުގައި ވަޅުލުން ފަދަ ކަންކަން ވެސް ކުރެއެވެ. ގަސްގަހުގެ ކުރީގައި ބަނުން ފަދަ ކަންކަން ވެސް ކުރެއެވެ. މި ބާވަތުގެ ކަންކަން ކުރުމުން ސިހުރު ޖެހިއްޖެ ނަމަ މީހާގެ ވިސްނުން "ގޮވާނެ" އެވެ. އަބަދުވެސް ހުންނާނީ ކަންބޮޑުވެފަ އެވެ. ޝައްކެއްގެ މަތީގަ އެވެ. ކުރާ އެއްވެސް ކަމެއް މި ކުރެވެނީ ރަނގަޅަށް ކަމުގެ އެއްވެސް ޔަޤީން ކަމެއް ނުލިބޭނެއެވެ. އަދި އެމީހަކަށް ފައިދާ ކުރާނެ ކަންކަމަށް ވިސްނުމުގެ ފުރުޞަތު ވަރަށް ބޮޑަށް ގެއްލިގެން ދާނެ އެވެ.

މިފަދަ ސިހުރެއް ޖެހިއްޖެ ނަމަ އެއްވެސް ކަމެއްގައި ކުރިއަށް ދާން ވަރަށް އުނދަގޫކުރާނެއެވެ. ކުރިއަށްދާން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބުވުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަވާނެއެވެ. އަބަދުވެސް އުޅެން ޖެހޭނީ ކުރިނާރާތީ އެވެ.
މިފަދަ ސިހުރެއް ހަދައިފި ނަމަ އެމީހަކަށް އުސް ތަންތަން ފެނުން ގިނަވާނެ އެވެ. ތަންތަނަށް އަރާ ތަނާއި އުދުހެވޭ ތަން ވެސް ފެންނާނެއެވެ. ފްލައިޓުގައި ދަތުރުކުރެވޭތަންވެސް ފެނިދާނެއެވެ.

މި ބާވަތުގެ ކޮންމެ ކަމެއް ވެސް ކުރިމަތިވަނީ ސިހުރުގެ ސަބަބުން ނުވަތަ ޖިންނީގެ ސަބަބުންނެވެ. ވީމާ މިބާވަތުގެ އެއްވެސް ކަމެއް ހުވަފެނުގައި ފެންނަނަމަ އަޅައި ނުލައި ނުހުންނާށެވެ! އެނގޭ، އިތުބާރުކުރެވޭ މީހުންގެ ކިބައިން ލަފާ ހޯދައިގެން ސިހުރު ބާޠިލު ކުރުމަށް ކުރަން ހުރި މަސައްކަތްތައް ކުރާށެވެ! ރުޤްޔާކުރާށެވެ! ސިހުރު ބާޠިލު ކުރަން ކިޔަވަން ހުރި ކީރިތި ޤްރުއާނުގެ އާޔަތްތައް ކިޔަވާށެވެ! މީހެއްގެ ލަފާ ހޯދި ނަމަވެސް ކިޔެވުން ރަނގަޅީ އަމިއްލައަށެވެ. އެމީހަކަށް ކުރިމަތިވެފައިވާ ކަމަކުން ސަލާމަތްވާން އެމީހަކު ކުރާ މަސައްކަތް ކާމިޔާބުވުމުގެ ފުރުޞަތު އެތައް ގުނައެއް ބޮޑުވާނެ އެވެ.

ސިހުރު ޖެހިދާނެތީ ބިރުގަތުމަށް ވުރެ މުހިންމީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަން މަސައްކަތް ކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގެން ހުރުމެވެ.

ނޯޓް: މިއީ އައިމިނަތު ޝާދިޔާގެ ލިޔުމެކެވެ.