Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ޝައްފާފް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި

ކޯޓަށް ހާޒިރު ކުރަން އައްޑޫ މަރަދޫފޭދޫ ޝައްފާފް ޒުބައިރު ހޯދަން އަނެއްކާ ވެސް ފުލުހުން އިއުލާންކޮށްފި އެވެ.

އޭނަ ހޯދަން އަލުން އިއުލާންކުރީ ޝައްފާފްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރު 1:00 އަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އެހެންވެ އޭނަ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން ފުލުހުން އެދިފައިވެ އެވެ.

އޭނަ ކޯޓަށް ހާޒިރު ކުރުމަށްޓަކައި ހޯދަން މިދިޔަ މަހުގެ 9 ގައި ވެސް ފުލުހުން އިއުލާންކުރި އެވެ.