Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ފެނަކަ ގޮވައިގެން ފުވައްމުލަކު ކައުންސިލުން ކޯޓަށް

ފުވައްމުލަކުގެ ސަޕްލައި ފެނުމުގެ މައްސަލައިގައި ފެނަކަ ކޯޕަރޭޝަން ގޮވައިގެން ކޯޓަށް ދާން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ނެރުނުބަޔާނެއްގައި ބުނީ އެ ކައުންސިލުން ބުނީ ކޯޓަށް ދާން ނިންމީ ފެނަކަ އިން ދޫކުރާ ފެން ފޯރުކޮ ށްދިނުމުގައި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ތަބާވުމަށް އަމުރެއް ނެރެ ދިނުމަށް އެދި ކަމަށެވެ.

"ފެން އުފައްދާ ގޭގެއަށް ފޯރުކޮށްދިނުމުގައި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި ކަމާބެހޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފުރިހަމައަށް ތަބާވުމަށް ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އަމުކޮށް ދެއްވުން އެދި ކައުންސިލުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިވާ ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވަން." ކައުންސިލުން ބުންޏެވެ.

ފުވައްމުލަކު ރައްޔިތުންގެ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ރައްކާތެރި ފެން ފޯރުކޮށް ދިނުމަކީ އިންސަނީ ހައްގަކަށްވާތީ، އެ ރައްޔިތުން އެކަމުން މަހުރޫމުވަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަސް ހުށަހަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ފެނުގެ ރައްކާތެރިކަން ޔަގީން ކުރަން ޔުޓިއުލިޓީ ރެގިއުލޭޝަން އޮތޯރިޓީން ވަނީ ފެނަކައަށް އަންގައިފަ އެވެ. އެ އެތޯރިޓީ އިން އެންގި ކަންކަން ފުރިހަމަނުކޮށް ރައްޔިތުންނަށް ފެން ދޫނުކުރަން ފުވައްމުލަކު ސިޓީ ކައުންސިލުން ފެނަކައަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުވައްމުލައް ރައްޔިތުން ބުއިމަށް ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީން ކުރުމަށް ހަދަންޖެހޭ ޓެސްޓުތައް މިނިވަން މުސްތަގިއްލު ފަރާތެއް މެދުވެރިކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު ފެނުގެ ނިޒާމުގައި މައްސަލަ ޖެހެން ފެށީ ލޮނުފެން، ސާފު ފެނަށް ބަދަލުކުރަން ބޭނުންކުރާ ސިސްޓަމުގެ ބައިތަކަކަށް ގެއްލުންވުމާއި ފެނުގެ ނެޓްވޯކުގެ އެހެން ބައިތަކަށް ވެސް އެކި ވަރުގެ ގެއްލުން ވުމާއި ގުޅިގެން ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން ފެނަކައާ ދެކޮޅަށް މިދިޔަ ހަފުތާގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.