Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ތާރީހީ 2 ގޮނޑި ޔޫކޭ އިން ރާއްޖެއާ ހަވާލުކޮށްފި

ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965 ގައި ސްރީ ލަންކާގައި ސޮއިކުރި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑި ދިވެހި ސަރުކާރާ ޙަވާލުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ފަރާތުން އެ ގޮނޑިތައް ރަސްމީކޮށް ޙަވާލުކޮށް ދެއްވީ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިނގިރޭސިވިލާތުން ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ އެވެ.

ސަރުކާރުގެ ފަރާތުން އެ ގޮނޑިތަކާ ޙަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އެ ގޮނޑިތަކަކީ ރާއްޖެ މިނިވަން ސިޔާދަތީ ދަޢުލަތެއްގެ ގޮތުގައި އެޅި ފުރަތަމަ ފިޔަވަޅުގެ ވަޤުތުކޮޅުކަމުގައި ފާހަގަކުރައްވައި އެފަދަ މާނަފުން ހަދިޔާއަކުން ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއް ކަމަށާް ވިދާޅުވެ އިނގިރޭސިވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މިފަދަ ޒަމާންވީ ތާރީހީ ތަރިކަތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް އަންނަން ހުރި ޖީލުތަކަށް ފޯރުކޮށްދޭނެ އެބަޖެހޭ،" ހަލީލު ވިދާޅުވި އެވެ. "މިއަދު އަޅުގަނޑުމެންނާ މި ގޮނޑިކޮޅުތައް ޙަވާލުކޮށްދެވިކަމަށްޓަަކައި ބްރިޓިޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް އަށޤ ޝުކުރު ދަންނަވަން."