Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ހާލުގައި ޖެހޭ މީހުންނަށް އެހީވުމާ ގުޅޭ ތަމްރީނެއް

ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަން ޓްރެއިނިންއެއް ފަށައިފި އެވެ.

މިއީ ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނާއި ފުލުހުންގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދާ ޓްރެއިނިންއެކެވެ.

މި ޕްރޮގްރާމް ފެށުމަށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމު ފައްޓަވައި ދެއްވީ ޕޮލިސް ކޮމިޝަނަރު ޢިސްމާއީލް ނަވީން އެވެ.

މިއަދުން ފެށިގެން މި މަހުގެ 20 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ބޮޑެތި ކާރިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ދިނުމަށް ބޭނުންވާ އިލްމާއި ހުނަރުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދަސްކޮށްދީ އަދި މަސައްކަތްކުރުމުގެ ގާބިލުކަން މުވައްޒަފުންގެ ކިބައިގައި އިތުުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ޓްރެއިނިން ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ ޔޫކޭ ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަންގެ ތަޖުރިބާކާރުންނެވެ.

މި ޕްރޮގްރާމުގައި، ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަން، ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަން ރޯލްސް އެންޑް ރެސްޕޮންސިބިލިޓީސް، ހެލްތު ސޭފްޓީ އެންޑް ވެލްބީން އަދި ކްރައިމް ސީން މެނޭޖްމަންޓް، ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަން ރިކަވަރީގެ އިތުރުން އިންޓަޕޯލް ޑޮކިޔުމެންޓޭޝަން އަދި ރިކޮންސިލިއޭޝަން އެންޑް ރިޕެޓްރިއޭޝަން މައުލޫގެ ދަށުން ޓްރެއިނިންގތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ޕްރޮގްރާމުގައި ފުލުހުންގެ އިތުރުން އެމްއެންޑީއެފާއި، އެއާޕޯޓް ފަޔާ އެންޑް ރެސްކިޔު އާއި، ހެލްތު މިނިސްޓްރީގެ އެމެޖެންސީ މެޑިކަލް ސާވިސަސްގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 19 މީހަކު ބައިވެރިވެ އެވެެ.