މާތްﷲ ވަނީ އިންސާނާ މާތް ކުރައްވާފަ އެވެ. މާތްﷲ الإسراء سُورةގެ 70ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެ އެވެ.
(وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُمْ مِنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَى كَثِيْرٍ مِمَّنْ خَلَقْناَ تَفْضِيْلاً)
“ހަމަކަށަވަރުން ، ތިމަންއިލާހު آدم ގެދަރިން މާތްކުރެއްވީމެވެ.އަދި އެބައިމީހުން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެބައިމީހުންނަށް ރަނގަޅުތަކެތިން ރިޒްޤު ދެއްވީމެވެ. އަދި ތިމަންއިލާހު ހެއްދެވި ތަކެތީގެ ތެރެއިން، ގިނަތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖަތަކަށް މާތްކުރެއްވީމެވެ”
މާތްﷲ އިންސާނާ ހައްދަވާފައި ވަނީ އެހެނިހެން ޙައިވާނުންނާ ތަފާތުކޮށް ދެފައިގެމަޗަށް ކޮޅަށް ހުރެގެން ހިނގައި އުޅޭ، ދެއަ ތުން ކައި އުޅޭ ގޮތަށެވެ. އަދި އޭނާއަށް އިވުމާއި ފެނުމާއި ވިސްނުމުގެ ބާރު ވެސް ދެއްވައި ފައެވެ. މިއީ މާތްﷲ އިންސާނާއަށް ދެއްވި ވަރަށް ބޮޑު ނިޢްމަތަކެވެ.
ވީމާ އިންސާނާ މަސްތުވާތަކެތި ބޭނުންކުރާ ނަމަ އޭނަ އަކީ މާތްﷲ އޭނާ އަށް ދެއްވި މާތްކަން ޤަބޫލު ނުކުރާ މީހަކެވެ. އަދި އިންސާނިއްޔަތުގެ ދަރަޖައިން ޙައިވާނުންގެ ދަރަޖަޔަށް އޭނަ ވެއްޓިދާ ކަމަކެވެ. އިންސާނާއަ ށް މާތްﷲ ދެއްވާފައިވާ ނިޢްމަތްތަކުގެ ތެރެއިން އެންމެ ބޮޑު އެއްނިޢްމަތަކީ ބުއްދީގެ ނިޢްމަތެވެ. އެއީ އިންސާނާ ވިސްނައި ފިކުރުކުރުމަށްޓަކައި ލިބިފައިވާ އެންމެ ބޮޑު ބާރު އެވެ. އަދި ޝަރުޢީ ގޮތުން އިންސާނާ މުކައްލަފަކަށްވުމުގެ އަސްލު ވެސްމެ އެވެ. އެހެންކަމުން މޮޔަމީހާ އަކީ ތަކުލީފުލި ބިގެންވާ މީހެއް ނޫނެވެ.
ބުއްދި އަކީ ޙައިވާނުންނަށް ނުކުރެވޭ އެތައް ކަމެއް ކުރުމުގެ ކުޅަދާނަކަމާއި ޤާބިލުކަން އިންސާނާ އަށް ލިއްބައިދޭ އެއްޗެކެވެ.
ޢިއްޒައްތެރި އަޚުންނާއި އުޚްތުންނޭވެ! ބުއްދި ސަލާމަތް ކުރުމަކީ އިސްލާމް ދީނުގެ މައިގަނޑު ފަސް މަޤްޞަދުގެ ތެރެއިންވާ އެއްމެ މުހިންމު އެއް މަޤްޞަދެވެ. އެހެންކަމުން ބުއްދިއަށް ގެއްލުން ލިބޭ ފަދަ ކޮންމެ ކަމެއް އިސްލާމް ދީނުގައި ވަނީ ޙަރާމްކުރައްވައިފަ އެވެ. އަދި އެކަމުގެ މައްޗަށް ޙައްދުވެސްވަނީ ކަނޑައަޅުއްވައިފައެވެ. رَسُولُ اللهِ صلى الله عليه وسلم حَديْثُ ކުރެއްވިއެވެ.
عَنِ ابْنِ عُمَرَ رضي الله عنهما أَنَّ النَّبيَّ صلى الله عليه وسلم قَالَ: (كُلُّ مُسْكِرٍ خَمْرٌ، وَكُلُّ مُسْكِرٍ حَرَامٌ) (رواه مسلم)
“މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. އަދި ކޮންމެ މަސްތުވާއެއްޗަކީ ޙަރާމްއެއްޗެކެވެ.”
މާތްﷲ ޙަރާމް ކުރައްވާފައިވާ މި ތަކެތި ބޭނުންކޮށްފި ނަމަ، އެމީހަކަށް ލިބޭނެ ސަޒާ ބަޔާން ކުރައްވައި رَسُولُ اللهِ صلى الله عليه وسلم حَديْثُ ކުރައްވާފައިވެއެވެ.
مَنْ شَرِبَ الْخَمْرَ فَاجْلِدُوْهُ، ثُمَّ إِنْ شَرِبَ فَاجْلِدُوْهُ، ثُمَّ إِنْ شَرِبَ فَاجْلِدُوْهُ، ثًمَّ إِنْ شَرِبَ الرَّابِعَةَ فَاقْتُلُوْهُ.(رواه أهل السنن)
“ބަނގުރާ ބޮއިފި މީހާ ދަންނާށެވެ. ފަހެ ތިޔަބައިމީހުން އޭނާގެ ގައިގައި ޙައްދު ޖަހާށެވެ. ދެންވެސް ބޮއިފިނަމަ ޙައްދު ޖަހާށެވެ. ދެން ވެސް ބޮއިފި ނަމަ ޙައްދު ޖަހާށެވެ. ދެން 4 ވަނަ ފަހަރު ބޮއިފިނަމަ އޭނާ ޤަތްލުކުރާށެވެ”
މި ވަޢީދުގެ ބަސްފުޅުން ވެސް މިކަމުގެ ނުބައިކަން އެބަ އެނގެ އެވެ.
އަދިވެސް رَسُولُ اللهِ صلى الله عليه وسلم حَديْثُ ކުރައްވާފައިވެ އެވެ.
عَنْ أَنَسٍ ابْنِ مَالِكٍ رَضِيَ الله تَعَالىَ عَنْهُ: أَنَّ النَّبِيَّ صَلَّى الله ُ عَلَيْهِ وَسَلَّمَ أُتِيَ بِرَجُلٍ قَدْ شَرِبَ الْخَمْرَ، فَجَلَدَهُ بِجَرِيْدَتَيْنِ نَحْوَ أَرْبَعِيْنَ قَالَ: وَفَعَلَهُ أَبُوْ بَكْرٍ، فَلَمَّا كَانَ عُمَرُ اِسْتَشَارَ النَّاسَ، فَقاَلَ عَبْدُ الرَّحْمَن: أَخَفَّ الْحُدُودَ ثَمَانُوْنَ، فَأَمَرَ بِهِ عُمَرُ. (رواه مسلم)
“رَسُولُ اللهِ صلى الله عليه وسلم ގެ އަރިހަށް ރާބޮއިގެންހުރި މީހަކު ގެނެވުނެވެ. އެހިނދު އެކަލޭގެފާނު އޭނާގެ ގައިގާ ދުއްރާއިން 40 އެތި ފަހަރުން ޙައްދު ޖެއްސެވިއެވެ. އަދި أَبُوْ بَكْر ގެފާނު ވެސް އެގޮތަށް ޢަމަލުކުރެއްވި އެވެ. عُمَرُގެފާނު އެކަލޭގެފާނުންގެ ދައުރުގައި އަޞްޙާބުންނާއި މަޝްވަރާ ކުރައްވާ އެކަން ތަކުރާރު ކުރިމީހަކަށް ޙައްދު އިތުރު ކުރައްވާ 80 އެތިފަހަރުން ޙައްދު ޖެއްސެވިއެވެ.” މަސްތުވުމަށް ބޭނުން ކުރާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. އެއީ ދިޔާއެއްޗަކައް ވިޔަސް ނުވަތަ ހިކި އެއްޗަކަަށް ވިޔަސް، އެއިގެ ވަކި ތަފާތެއް ނުވެ އެވެ.
ޙައްޤާއި ބާޠިލް ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނަކީ ދިރޭތަކެތީގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު މީހުންނެވެ. މާތްﷲ ވަޙީ ކުރައްވާފައިވެ އެވެ.
( إِنَّ شَرَّ الدَّوَابِّ عِنْدَ اللهِ الصُّمُّ الْبُكْمُ الَّذِيْنَ لاَ يَعْقِلُوْنَ)) (الأنفال22)
”ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެބައި މީހުންނީ، ނުވިސްނާބަޔަކެވެ.”
މަސްދަރު: ނޫރުލް އިސްލާމް