Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އައްސޭރި ޖަލުގައި 2 ކޯޓްރޫމް ހުޅުވައިފި

އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދު މީހުންނަށް ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރު ކުރުމުގެ ގޮތުން ދެ ކޯޓް ރޫމް ހުޅުވައިފި އެވެ.

ކޯޓް ރޫމްތައް ހުޅުއްވައި ދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ.

އަލަށް ހުޅުވި ދެ ކޯޓް ރޫމްގެ ސަބަބުން، މާލެ އަދި އެހެން ރަށްރަށުގެ ކޯޓްތަކަށް ހާޒިރު ކުރަން ޖެހޭ ޤައިދީންނާއި ބަންދު މީހުންނަށް، ދަތުރުފަތުރު ނުކޮށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ފުރުޞަތުތައް އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުންތަކާއި ވަކީލާ ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު ވެސް މިހާރަ ށްވުރެ އިތުރުވެގެން ދާނެ އެވެ.

އައްސޭރި ޖަލުގައި ދެ ކޯޓް ރޫމް ހުޅުވުމުގެ އިތުރުން ޖަލުގެ އޮފިސަރުންނަށް ތިން ބެރެކްސް ވެސް ހުޅުވާފައިވެ އެވެ.
އޮފިސަރުންގެ ބެރެކްސް އިމާރާތް ކުރުމުގައި ހަރަކާތްތެރިވި އޮފިސަރުންނާއި މުވައްޒަފުން އަދި ޤައިދީން ކުރެއްވި ބުރަ މަސައްކަތް ފާހަގަ ކުރައްވައި، އެފަރާތްތަކަށް ޒަރީރު ޝުކުރު އަދާކުރެއްވި އެވެ.

މި ބެރެކްސް އިމާރާތްކޮށް ހުޅުވުމުގެ ބޭނުމަކީ އައްސޭރި ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންގެ އެކޮމަޑޭޝަނަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލު ކުރުމެވެ.