Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިޓަލީގެ ޓޫރިސްޓުން އިތުރު ކުރަން މަޝްވަރާކޮށްފި

ރާއްޖެ އަންނަ އިޓަލީގެ ޓޫރިސްޓުން އިތުރު ކުރަން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާކޮށްފައި ވަނީ އިޓަލީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދަމިއާނޯ ފްރެންކޮވިގް އާއި އޮނަރަރީ ކޮންސަލް ޖޯޖިއާ މަރައްޒީއާ އެކު އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި މިނިސްޓަރު ތޯރިގް އިބްރާހީމާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި، ދެ ގައުމުގެ މެދުގައި ޓޫރިޒަމް ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، އިތުރަށް ގުޅިގެން މަސައްކަތް ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނި އިޓަލީ އަކީ މިހާރު ރާއްޖެ އަށް ފަސް ވަނަ އަށް އެންމެ ޓޫރިސްޓުން އަންނަ ގައުމުކަން ފާހަގަކުރައްވައި އެ ގައުމުގެ ޓޫރިސްޓުންގެ މެދު ރާއްޖެ އިތުރަށް އިޝްތިހާރުކޮށް ޕްރޮމޯޓް ކުރަން، އެ މާކެޓަށް އަމާޒުކޮށްގެން މަސައްކަތް ކުރުމުގެ މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކޮށް، އާ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ވެސް މަޝްވަރާތަކެއްކޮށްފަ އެވެ.