Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ނަފުސާނީ ހުރިހާ ބައްޔެއްގެ ފަރުވާ އާސަންދަ މެދުވެރިކޮށް

ރާއްޖޭގައި ނަފުސާނީ ހުރިހާ ފަރުވާއަކަށް އާސަންދައިގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ރަސްމިއްޔާތރުގައި ރައީސް ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި ޕަސެންޓެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެން ވެސް ހަމަޖެހިފައި ނެތުމަކީ ހައިރާން ވެސް ވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އެކަމުގައި ހައިރާންވެފައި މިތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް ޖެނުއަރީ އެކަކުން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ހަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނަން." ރައީސް ވިދާޅުވި އެވެ.

ނަފުސާނީ މައްސަލަތަކަށް އެހީ ހޯދަން ސަރުކާރުން ހޮޓްލައިނެއް ވެސް ގާއިމުކޮށްފައިވެ އެވެ. އަދި ނަފުސާނީ ބަލިތަކުގައި އަމިއް ލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް މިދިޔަ މަހުގެ 2 ގައި އިފުތިތާހުކޮށްފައިވެ އެވެ.

ނަފުސާނީ ބަލީގެ ފަރުވާއަށް، އާސަންދައިގެ ތެރެއިން ވަކި މިންވަރެއް ހަމަޖެއްސަން 2020 ގަ އެވެ.