Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ރަވީނާގެ ދަރިފުޅު ތެލެގޫ ފިލްމަކަށް ސޮއިކޮށްފި

ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރާޝާ ތަޑާނީ ތެލެގޫ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ފިލްމު "އާޒާދު" އިން ތައާރަފުވި 20 އަހަރުގެ ބަތަލާ ސޮއިކުރި ތެލެގޫ ފިލްމަކީ އަޖޭ ބޫޕަތީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ލޯބީގެ ފިލްމެކެވެ. ރަސްމީކޮށް އަދި ނަން އިއުލާން ނުކުރާ މި ފިލްމުން ރާޝާއާ އާ އެކްޓަރަކު ތައާރަފު ކުރަން ވެސް ހަމަޖެހިފައިވެ އެވެ.

އެއީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އަށް ބޮޑުބޭބެ ކިޔާ ޖަޔަ ކްރިޝްނާ ގައްޓަމަނޭނީ އެވެ.

ޑައިރެކްޓަރު ބުނީ ރާޝާ އާއި ކްރިޝްނާއާ އެކު ހަދަން ތައްޔާރީތައްވަމުން އަންނަ ފިލްމާ ބެހޭ އިތުރު ތަފުސީލުތައް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.

"އާޒާދު" އަށް ފަހު، ރާޝާ ބޮލީވުޑްގެ އިތުރު ފިލްމަކަށް ސޮއިކުރިކަން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ. އެކަމަކު އުންމީދީ ބަތަލާ އަށް ހުށަހެޅުންތަކެއް ލިބި، އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެ އެވެ.

އެގޮތުުން ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން އިގީ) އާ އެކު ރޮމޭންޓިކް ކޮމެޑީއަކުން ރާޝާ އަށް ފުރުސަތު ލިބިފައިވާ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.