Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ކާމިޔާބީ ފާހަގަ ކުރަން ޕީއެންސީގެ ހަފުލާއެއް މިރޭ

ސަރުކާރަށް އިއްޔެ ދެ އަހަރުވެފައިވާތީ އެ ދެ އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ނަމުގައި ވެރިކަން ކުރާ، ޕީއެންސީން މިރޭ ހާއްސަ ހަފުލާއެއް ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ އެ ހަފުލާ އޮންނާނީ ޕާޓީގެ މައި ހަރުގޭގައި ކަމަށާއި ޕާޓީ އަށް ތާއީދުކުރާ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ. މިރޭގެ ހަފުލާ ފަށާނީ 8:30 ގަ އެވެ.

ސަރުކާރަށް ދެ އަހަރުވީ އިރު ހޯދުނު ކާމިޔާބީތަކުގެ އުސްއަލިތައް ފާހަގަކުރަން ރައީސް ޑރ. މުހައްމަދު ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވައިފަ އެވެ.

ކާމިޔާބީ ފާހަގަ ކުރަން ޕީއެންސީން މިރޭ ހަފުލާއެއް ބާއްވާ އިރު، ރާއްޖޭގެ އެކި ހިސާބުތަކުން މީހުން މާލެ ގެންގޮސްގެން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބާއްވާފައިވެ އެވެ. ރައީސް މުއިއްޒާއި ޕީއެންސީން ވެސް ބުނެފައިާ ގޮތުގައި އެ ޖަލްސާ އަކީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެއްވުމެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ޖަލްސާގައި 13،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.