Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޓްރަމްޕް ރާއްޖޭގައި ރިސޯޓެއް ހަދަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ހަދަން ނިންމައިފި އެވެ.

ދަ ޓްރަމްޕު އޮގަނައިޒޭޝަނުން ތަރައްގީ ކުރަން ނިންމާފައިވާ މި ލަގްޒަރީ ރިސޯޓަކީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްފައިވާ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ޑާ ގްލޯބަލްއާ ގުޅިގެން ހަދަން ނިންމާފައިވާ ރިސޯޓެކެވެ.

ނަމަވެސް "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް، މޯޑިވްސް" ތަރައްގީ ކުރަން ނިންމާފައި ވަނީ ރާއްޖޭގައި ކޮން ރަށެއްގައި ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މިއީ ވެލާނާ އެއާޕޯޓުން ލޯންޗެއްގައި ފުރައިގެން 25 މިނެޓުން ދެވޭ ހިސާބުގައި ތަރައްގީ ކުރާ ރިސޯޓެއް ކަމަށްވާ ޓްރަމްޕް އޮގަނައިޒޭޝަނުން ބުންޏެވެ.

އަދި ރިސޯޓު ނިންމައި ހުޅުވަން ނިންމާފައި ވަނީ 2028 ގެ ފަހު ކޮޅު އެވެ. މި ރިސޯޓަކީ ވޯޓާ އަދި ބީޗް ވިލާ ހިމެނޭ ގޮތަށް 80 ކޮޓަރީގެ ތަނެކެވެ.

ޓްރަމްޕްގެ ކުންފުނިން ރާއްޖޭގައި އަލަށް ރިސޯޓެއް ތަރައްގީކުރާ އިރު، ވަރަށް ޒުވާން ދުވަސްވަރު އޭނަ ޗުއްޓީ ދަތުރެއްގައި ރާއްޖެ ވަައިގެންނެވި އެވެ.