Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޗެމްޕިއަންސް ލީގު މެޗަކަށް ދާން ޕްރޮމޯޝަނެއް

ޔޫއެފާ ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އާއި މާސްޓާ ކާޑް ގުޅިގެން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަންނަ މަހުގެ 15 އާ ހަމައައަށެވެ. އެގޮތުން ބީއެމްއެލް ޕީއޯއެސް އާއބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް މާސްޓާ ކާޑުގެ ޕާސަނަލް ކާޑުތަކުން ކުރާ ޓްރާންސެކްޝަންތައް މި ޕްރޮމޯޝަނުގައި ބައިވެރި ކުރެވޭނެ އެވެ.

ޕްރޮމޯޝަން ނިމުމުން، މާސްޓާ ކާޑުން ފޯރުކޮށްދޭ ޚާއްސަ ފުރުސަތަކުން އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕީއެސްޖީ އަދި ނިއުކާސަލް ވާދަކުރާ މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ދެ މީހަށް ދޭނެ އެވެ.

ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ގްރޭންޑް ވިނަރގެ ގޮތުގައި ހޮވޭ ފަރާތަކަށް ހުރިހާ ޚަރަދަކާއެކު ޕެރިހަށް 4 ދުވަހުގެ ދަތުރެއް ލިބޭނެއެވެ. އަދި އިތުރު ބައިވެރިއަކާއެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމުގެ ފުރުސަތުގެ އިތުރުން ގައިޑެޑް ޓުއާއެއް ލިބޭނެ އެވެ.

ދެވަނައަށް ހޮވޭ ނަސީބުވެރިއަކަށް ހުރިހާ ޚަރަދަކާއެކު ޕެރިހަށް 3 ދުވަހުގެ ދަތުރެއް ލިބޭ ނެއެވެ. އަދި އިތުރު ބައިވެރިއަކާ އެކު މާލެ/ޕެރިސް ދެކޮޅު ޓިކެޓާއި ލަގްޒަރީ ހޮޓަލެއްގައި ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މާސްޓަ ކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. އެވެ. ގައުމީ ބޭންކް ބީއެމްއެލަކީ މާސްޓާ ކާޑުގެ ރާއްޖޭގެ ޕްރިންސިޕަލް މެންބަރެކެވެ.