Last Updated: July 12, 18:50
Sunday, July 12, 2026
ޚަބަރު

އިތުރު ދެ އެއާލައިނެއްގެ ހިދުމަތް އާ ޓާމިނަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އަށް އިތުރު ދެ އެއާލައިނެއްގެ ހިދުމަތް ބަދަލުކޮށްފި އެވެ.

ވީއައިއޭގެ އައު ޓާމިނަލަށް އެންމެ ފަހުން ބަދަލުކޮށްފައިވަނީ އެއާ އޭޝިއާ އަދި ތައި އެއާ އޭޝިއާ އެވެ.

މި ދެ އެއާލައިނަށް ވެސް އާ ޓާމިނަލުން ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް ވީއައިއޭގައި ވަނީ ޚާއްސަ ހަފްލާތައް ވަކިވަކިން ބާއްވާފަ އެވެ. އަދި އެ އެއާލައިންތަކުން ރާއްޖެއައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މި ދެ އެއާލައިނާއެކު 26 ޖުލައި 2025ގައި ހުޅުވި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ.