Last Updated: July 6, 11:09
Monday, July 6, 2026
ޚަބަރު

ދިވެހި ކުންފުނިތަކުން ބަރާބަރަށް ޓެކްސް ދައްކާ

ދިވެހި ކުންފުނިތަކުން ވަރަށް ރަނގަޅަށް ޤަަވައިދުން ސަރުކާރަށް ޓެކްސް ދައްކަމުންދާ ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޒަމީރު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކަށް ބަލާއިރު، ޓެކްސް ގަވައިދުން ދައްކާކަން ފާހަގަކުރެވެނީ ދިވެހިންގެެ ކުންފުނިތައް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެއްކަމަކީ ދިވެހިންގެ ކުންފުނިތަކުން ރާއްޖޭގަ އޮޕަރޭޓްކުރާ ދިވެހިންގެ ކުންފުނިތަކުން ވަރަށް ބަރާބަރަށް ޓެކްސް ދައްކަމުންގެންދާ ކަމަށް ފާހަގަކުރެވޭ. މިސާލަކަށް ބިޒްނަސް ޕްރޮފިޓް ޓެކްސް ކަމުގަވިއަސް." ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދިވެހި ކުންފުނިތަކުގެ އިންވެސްޓްމަންޓްގެ ފައިދާވެސް ދިގު މުއްދަތެއްގައި ޤައުމަށް ކުރަމުންދާ ކަމަށާއިި، އެގޮތުން ދިވެހި ކުންފުނިތައް ކޮޅަށްޖެހުމަށް ދެވެން އޮތް އެހީތެރިކަމަށް ކަންކަން މަގުފަހިކޮށްދިނުން މުހިންމު ކަމަށެވެ.

ދުނިޔޭގެ އެހެން ޤައުމުތަކަށް ބައެއް ކަހަލަ ޓެކްސް ދެއްކުމުގައި މައްސަލަތަކެއް ދިމާވަމުންދާ ކަމަށާއި އެކަން ހައްލުކުރުމަށް މީރާއާއި ގުޅިގެން މަސައްކަތް ކުރައްވަމުންްގެންދަވާ ކަމަށްވެސް ޒަމީރު ވިދާޅުވި އެވެ.