Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

އޮސްޓްރޭލިއާގެ ކުންފުންޏަކަށް އެމިނެމް ދައުވާ ކުރަނީ

އަމިއްލަ ރެޕް ބްރޭންޑް "ސްލިމް ޝޭޑީ" ގެ ނަމާ ދާދި އެއްކަހަލަ ނަމެއް އޮސްޓްރޭލިއާގެ ކުންފުންޏަކަށް ކިޔާތީ އެކަމާ ދެކޮޅަށް އެމެރިކާގެ މަޝްހޫރު ފަންނާނު އެނިމެން ދައުވާ ކުރަން ނިންމައިފި އެވެ.

އޮސްޓްރޭލިއާގެ ބީޗް ބްރޭންޑް "ސްވިމް ޝޭޑީ" ގެ މައްސަލަ އެނިމެން ވަނީ އެމެރިކާގެ ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީހަށް ވެސް ހުށަހަޅައިފި އެވެ. ކާމިޔާބު ރެޕާ ހުށަހެޅި ޕެޓިޝަނުގައި ވަނީ އޭނަ ރަޖިސްްޓްރީކޮށްފައިވާ ނަމާ ދާދި އެއްކަހަލަ ނަމެއް އޮސްޓްރޭލިއާގެ ކުންފުންޏަށް ކިޔާތީ އެ ނަން އެ ކުންފުނިން ބޭނުން ކުރުން ހުއްޓުވައި ދިނުމަށް އެދިފަ އެވެ.

އަދި މިކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެމިނެމްގެ ގާނޫނީ ޓީމުން ބުންޏެވެ.
އޭނަ ގާނޫނީ ޓީމުން ބުނެފައިވާ ގޮތުގައި "ސްވިމް ޝޭޑީ" އިޝްތިހާރު ކުރަން އެމިނެމްގެ ނަން ވެސް އެ ކުންފުނިން ދަނީ ބޭނުން ކުރަމުންނެވެ. އެކަމަކު އެ ކުންފުންޏާއި އޭނައާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެމިނެމްގެ ނަން ބޭނުންކޮށްގެން އޮސްޓްރޭލިއާގެ ކުންފިނިން ނާޖާއީޒު ފައިދާ ނަގަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމިނެމްގެ ގާނޫނީ ޓީމުން ބުނީ "ސްވިމް ޝޭޑީ" އިން "ސްލީމް ޝޭޑީ" ގެ ފިކުރީ ހައްގަކަށް އަރައިގެންފައިވާ ކަމަށެވެ. އެހެންވެ މި މައްސަލައިގައި ދައުވާ ކުރަން ވެސް ނިންމާފައިވެ އެވެ.

"ސްވިމް ޝޭޑީ" އާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން އެ ކުންފުންޏަށް މި މައްސަލައިގައި ޖަވާބުދާރީވާން ހަފުތާގެ މުހުލަތެއް ގާނޫނީ ގޮތުން ލިބިދެ އެވެ.

އޮސްޓްރޭލިއާގެ ބިޒްނެސް ލެގިއުޓަރީގައި "ސްވިމް ޑޭޝީ" ރަޖިސްޓްރީކޮށްފައި ވަނީ 2023 ގެ ސެޕްޓެމްބަރުގަ އެވެ. އެ ކުންފުންޏަކީ ބީޗް އެކްސެސަރީ ވިއްކާ ކުންފުންޏެވެ. އޭގެ ތެރޭގައ ބީޗް ދަބާއި ކުޑަ އާއި އެ ނޫން ވެސް އަައިޓަމްތައް ހިމެނެ އެވެ.

އެމިނެމްގެ "ސްލިމް ޝޭޑީ" ޓްރޭޑްމާކް އޮފީހުގައި ރަޖިސްޓްރީކޮށްފައި ވަނީ 1999 ގަ އެވެ.