Last Updated: July 6, 11:09
Monday, July 6, 2026
ޚަބަރު

އަންހެނަކު ގަދަކަމުން ހިފަހައްޓައި އަނިޔާކުރި މައްސަލައެއް

ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަވަސް

މާލޭގެ ގެއެއްގެ ތެރޭގައި ގަދަކަމުން ހިފަހައްޓައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

މިފަދަ މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު މިދިޔަ ހަފްތާގައި މާލޭގައި އަންހެނަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ހާދިސާގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ އަންހެނަކަށެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗުން ބެލުމަށް ފަހުގައި، އަންހެން މީހާއަށް ޖިންސީ އަނިޔާ ލިބިފައި ހުރި ކަމަށް ހަމަ އެ ދުވަހު ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.