Last Updated: July 6, 11:09
Monday, July 6, 2026
ޚަބަރު

ރަސްމީ ދަތުރެއްގައި ހަލީލު ބެލްޖިއަމަށް

ހައި-ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް، ކާޔާ ކަލާސްގެ ދަޢުވަތަކަށް ހަތަރު ވަނަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްޓީރިއަލް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް ބެލްޖިއަމް އަށް ފުރާވަޑައިގެންފި އެވެ.

މި ފޯރަމް ކުރިއަށް ދާނީ މި މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ފޯރަމް އަކީ ޔޫރަޕިއަން ޔޫނިއަން އާއި އިންޑޯ-ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ.

މި ފޯރަމްގެ ތެރެއިން "ކޮމަން އެންޑޭވާސް ފޯ އަ ކްލީން އެންޑް ސަސްޓެއިނަބަލް ފިއުޗާ" ގެ ނަމުގައި ބާއްވާ ރައުންޑްޓޭބަލް ސެޝަނެއްގައި ވަޒީރު ޚަލީލް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އަދި، ޚާރިޖީ ވަޒީރު މި ފޯރަމްގެ ޙަވާސާގެ ތެރެއިން ރަޙްމަތްތެރި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ މި ފޯރަމްގައި ތަމްސީލުކުރުމަކީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭ މިންވަރު ދައްކުވައިދިނުމަށް ލިބިގެންދާނެ މުހިއްމު ފުރުޞަތެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.