ކްލައުޑްފްލެއާ އަށް ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން ވެބްސައިޓްތަކާއި އޮންލައިން އެތައް ޕްލެޓްފޯމެއްފެ ހިދުމަތްތަކަކަށް އިއްޔެ ބުރޫއެރި މައްސަލައިގައި މައާފަށް އެދިއްޖެ އެވެ.
ކްލައުޑްފެއާ އިން ބުނީ އެގޮތަށް ދިމާވީ ސައިބަ އެޓޭކްތަކުން ވެބްސައިޓްތައް ރައްކާތެރި ކުރުމަށްޓަކައި ކުރެވުނު މަސައްތަކަށް ފަހު، ސޮފްޓްވެއާ ހޭންޑްލް ކުރުމުގެ ތެރޭގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަނަށް ބުންޏެވެ.
"ސައިޓްތައް ޑައުންވުމާއި އިންޓަނެޓަށް ވެސް ބުރޫ އަރައި ކަސްޓަމަރުންތަކެއް ތަކުލީފުތަކެއް އުފުލަން ޖެހުނުކަމަށްޓަކައި އިންތިހާ އަށް މައާފަށް އެދެން." ކްލައުޑްފްލެއާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ކުންފުނިން ބުނީ މިފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ގޮތެއް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަން ވަރަށް ބޮޑު ސަމާލު ކަމެއް ދޭނެ ކަމަށެވެ.
I won’t mince words: earlier today we failed our customers and the broader Internet when a problem in @Cloudflare network impacted large amounts of traffic that rely on us. The sites, businesses, and organizations that rely on Cloudflare depend on us being available and I…
— Dane Knecht 🦭 (@dok2001) November 18, 2025
ކްލައުޑްފްލެއާ އަކީ އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުންޏެކެވެ. ސައިބަ އެޓޭކްތަކުން ވެބްސައިޓްތައް ރައްކާތެރިކޮށް، ޓްރެފިކަށް ބާރު ބޮޑުވާ ވަގުތުތަކުގައި ވެސް ހިދުމަތަށް ހުއްޓުމެއް ނައިސް ވެބްސައިޓްތައް އޮންލައިންކޮށް ހިފެހެއްޓުމުގައި ކްލައުޑްފްލެއާ ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ.
ކްލައުޑްފްލެއާގެ ހިދުމަތް ދުނިޔޭގެ ވެބްސައިޓްތަކުގެ 20 ޕަސެންޓް ބޭނުން ކުރެ އެވެެ. އެގޮތުން މިހާރު ވެސް 80 މިލިއަނަށް ވުރެ ގިނަ ވެބްސައިޓްތަކަށް ކްލެއުޑްފްލެއާގެ ހިދުމަތް ފޯރުކޮށް ދެ އެވެ.