Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ބަންގްލަދޭޝްގައި ކިޔަވަން ހުޅުވާލައިފި

ބަންގްލަދޭޝްގެ ބަންގްލަދޭޝް ޔުނިވަސިޓީ އޮފް ޕްރޮފެޝަނަލްސް (ބީޔޫޕީ) ގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި އެވެ.

މިއީ ސާކް ގައުމުތަކުގެ ދަރިވަރުންނަށް ހުޅުވާލި ފުރުސަތުތަކެކެވެ. އެގޮތުން ރާއްޖެ އަށް ދެ ސްކޮލަޝިޕް ލިބިފައިވާ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެއީ އަންޑަގްރެޖުއޭޓް ޕްރޮގްރާމްގެ ތެރެއިން 2 ސްކޮލަޝިޕެވެ.

މިނިސްޓްރީން ބުނީ ބައިވެރިވާ ކޯހުގެ 80 ޕަސެންޓް ޔުނިވަސިޓީން ދެއްކި ނަމަވެސް ކޮންމެ ސެމިސްޓާއެއްގައި 180 ޑޮލަރު ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން އަމިއްލަ އަށް ދައްކަން ޖެހޭނެ ކަމަށެވެ. މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ބީޔޫޕީ ޔުނިވަސިޓީގެ ފަރާތުންނެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 31 އާ ހަމައަށެވެ.

ސްކޮލަޝިޕްގެ ދަށުން ކިޔަވާ ކޯސްތައް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 1 ގަ އެވެ.