Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މާލޭގެ ސްޕާއަކުން ބަޔަކު ހައްޔަރުކޮޮށްފި

މާލޭގެ ސްޕާއަކުން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުލުހިން ބުނީ ހަތަރު މީހަކު ހައްޔަރުކުރީ ހ. އަރިހިޔާގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުން އަންނަ “ޕީސް ސެލޫން އެންޑް ސްޕާ” ބަލައިފާސްކޮށް ކަމަށެވެ.

ހޯމަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްޔަރުކޮށްފައިވަ ނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި، ރިވެލި، މުޙައްމަދު ސަމާމް ރަޝީދު، 28، އާއި، ޖުންޕެން ކުމްބޮންޕިޓަކް، 38، އާއި، ޕަޓްޗަރިދާ ބަންނަބޮޑީ، 24، ގެ އިތުރުން ސުޕަވަޑީ ޖޮމްޓަރަކު، 45، އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން ސަމާމްގެ ބަންދަށް ފަސްދުވަހަށް، ޖުންޕެން އާއި ސުޕަވަޑީ ޖޮމްޓަރަކު ތިން ދުވަހަށް އަދި ޕަޓްޗަރިދާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.