Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އެސްޓީއޯ އިން ގިނަ ވަޒީފާގެ ފުރުސަތުތަކެއް

އަލަށް ގެންނަ ބައިނަލްއަގުވަމީ ތެޔޮ ޓޭންކަރާއެކު އުފެދޭ ގިނަ ވަޒީފާތަކަށް އެސްޓީއޯ އިން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ގެންނަ 27،000 ޓަނުގެ އެ ތެޔޮ ޓޭންކަރުގައި މަސައްކަތްކުރުމަށް ތަޖުރިބާކާރު ކްރޫއިން ހޯދަން އިއުލާންކޮށްފައިވާ އިރު ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި މެރިޓައިމް ދާއިރާއިން މެސްބޯއިގެ މަގާމުން ފެށިގެން މާސްޓާގެ މަގާމާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އެބައޮތވެ.

އެސްޓީއޯއިން ހުޅުވާލި މަގާމުތަކަކީ ޗީފް އިންޖިނިއަރު، ޗީފް އޮފިސަރު، އިލެކްޓްރިޝަން، ވެލްޑަރު، ސީމެން، ބޯސަން، ކައްކާ، މާސްޓާ، މެސްބޯއި އަދި އޮއިލާ ހިމެނެ އެވެ.

މީގެ އިތުރުންވެސް ގިނަ މަގާމުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތުތަކަކީ މެރިޓައިމް ދާއިރާއިން ކުރިއަށްދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނުހަނު އަގުހުރި ފުރުސަތެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ. މަގާމުތަކަށް މުސާރައިގެ ގޮތުގައި 16،000ރ. އިން ފެށިގެން 150،000ރ. ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބިގެންދާނެ އެވެ.

ވަޒީފާތަކަށް އެޕްލައި ކުރަން ޖެހެނީ ކުންފުނީގެ ޖޮބް ޕޯޓަލް sto.mv/careersމެދުވެރިކޮށެވެ. އަދި ސުންގަޑި ހަމަވާނީ މާދަމައަށެވެ.