Last Updated: July 23, 13:11
Thursday, July 23, 2026
ޚަބަރު

ކުޑަ ދެ ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

ފިރިހެނަކު ކުޑަ ދެ އަންހެން ކުއްޖަކާ ބެހުނު މައްސަލަތަކެއް ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ އަކީ ސިފައިންގެ މީހެކެވެ. އަދި އޭނަ ބެހިފައި ވަނީ މިހާރުގެ ލޯބިވެރިޔާގެ ދެ ދަރިޔަކާ އެވެ.

ޖިންސީ ގޯނާގެ މި ކަހަލަ މައްސަލަތައް ރާއްޖޭގައި މިހާރު ވަރަށް ގިނަ އެވެ.