Last Updated: July 6, 12:04
Monday, July 6, 2026
ޚަބަރު

ހައިކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލްއާ ހަވާލުކޮށްފި

ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސައާ ހަވާލުކޮށްފި އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި މިހާރު ހުންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. އޭނާ އެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓުގެ ހިންގުން ވަގުތީގޮތުން ފަނޑިޔާރު ޖަމީލް މޫސައާ ހަވާލުކުރެއްވީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ކަމަށެވެ.

ފަނޑިޔާރު ޖަމީލު މޫސައަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޖަމީލު މޫސަ އައްޔަންކުރައްވާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގަ އެެވެ.