Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަނީ

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތަށް 400 އަށް ވުރެ ގިނަ ޑްރައިވަރުން ހޯދަން އިއުލާންކޮށްފި އެވެ.

މި ހިދުމަތް ދޭން ހަވާލުކޮށްފައިވާ އެމްޓީސީސީން އިއުލާންކޮށްފައި ވަނ ޖުމްލަ 407 ޑްރައިވަރުން ހޯދުމަށެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓް ޓައިމްކޮށެވެ.

ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 17 ހަމައަށް އޮތީ ހުޅުވާލައިފަ އެވެ.

އެމްޓީސީސީން ބުނީ މާލޭ ޓެކްސީ ހިދުމަތަށް ބޭނުންވާ މުވައްޒަފުންގެ ޑްރައިވަރުން ނެގުމުގައި މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށެވެ.

އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ޓެކްސީ ލައިންގެ ހިދުމަތް ދޭން ފަށާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް ސީދާ ވަކި ތާރީހެއް ހާމައެއް ނުކުރެ އެވެ. މި ހިދުމަތް އެންމެ ފުރަތަމަ ފަށަން ޕްލޭންކުރީ މި އަހަރުގެ ޖުލައި/އޮގަސްޓް ހިސާބުގަ އެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ.

މި ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.

އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.