Last Updated: May 2, 06:04
Friday, May 2, 2025
ޚަބަރު

ރައީސް ޔާމީނަށް ޔަގީން ކުރެވެނީ ދެކަމެއް، އެއީ އަނިޔާވެރިކަމާއި ކޮރަޕްޝަން: ރޮޒައިނާ

ރައީސް އަބްދުﷲ ޔާމީން އަށް ޔަޤީން ކުރެވެނީ 2 ކަމެއް ކަމަށާއި އެއީ، އަނިޔާވެރިކަމާއި ކޮރަޕްޝަން ކަމަށް އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިގޮތަށް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ފަރާތުން ރޭ، ގދ. ތިނަދޫގައި ބޭއްވި އެޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މާލޭގައި ދިރިއުޅެން ޖެހިފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ، ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި ޚަރަދު ވަނީ ގެކުއްޔާއި ބިލްތައް ދެއްކުަމަށް ކަމަށެވެ.

އެހެން ނަމަވެސް ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެހެން ރަށް ރަށުގައި ތިބެގެން ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ފަހި ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރު ވެރިކަމަށް އައިސްފައިވަނީ، ކޮންމެ އަތޮޅަކަށް 'ހުޅުމާލެއެއް ޔަޤީން' ކަމަށް ވިދާޅުވެ ރައްޔިތުންނަށް ފޮނި ހުވަފެންތަކެއް ދައްކަމަވުންނެވެ، ނަމަވެސް މިހާރު އެމަނިކުފާނު ގެންދަވަނީ ތަފާތު އެކި މުނާސަބަތު ތަކުގައި އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ހުޅުމާލެއަށް ބަދަލުވުމަށް ގޮވާލަމުންނެވެ.