Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

އަންހެނަކަށް އަނިޔާކުރި މައްސަލައިގައި މީހަކު ހައްޔަރަށް

މާލޭގައި އަންހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައާ ގުޅިގެން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ހ. ފޯސީޒަން، އަހުމަދު އާހިލް މުނާޒް އެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ މައްސަލައިގައި ޒުވާނާ ހައްޔަރުކުރީ ރޭގެ ވަގުތެއް ކަމަށެވެ. އަދި އާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.

އަންހެން މީހާ އަށް އަނިޔާކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ އަންގާރަ ދުވަހު އިރާކޮޅު އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެެއް ނުކުރެ އެވެ.

އެކަމަކު މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.