Last Updated: June 7, 22:00
Sunday, June 7, 2026
ދުނިޔެ

ފިލިޕީންސްގެ ކުރީގެ މޭޔަރަކު އުމުރަށް ޖަލަށް

ފިލިޕީންސްގައި މިހާތަަނަށް ހިންގި އެންމެ ބޮޑު އެއް ސްކޭމް ސެންޓަރުގެ މައްސަލައިގައި އިންސާނީ ވަގުފާރީގެ ކުށް ސާބިތުވެ އެ ގައުމުގެ ކުރީގެ އަންހެން މޭޔަރެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

އެ ހުކުމް އިއްވީ ފިލިޕީންގެ ބަމްބަންގެ ކުރީގެ މޭޔަރު އެލީސް ގުއޯ، 35، ގެ މައްޗަށަށެވެ. އޭނަ މޭޔަރުކަން ކުރެއްވީ ޖޫން 30، 2022 އިން އޮގަސްޓް 13، 2024 އަށެވެ. ޗައިނާ އަށް ޖާސޫސްކޮށް ދީފައިވާކަމުގެ ތުހުމަތުތަކެއް ކުރެވޭ އެލީސްގެ މައްޗަށް އިއްވި އުމުރު ދުވަހު ޖަލު ހުކުމާ އެކު، 2 މިލިއަން ޕެސޮސް (33،832 ޑޮލަރު) އިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

އެ ހުކުމް އޭނައާ އެކު އިތުރު ތިން މީހުންގެ މައްޗަށް ވެސް އިއްވާފައިވެ އެވެ.

ބަމްބަންގައި ހިންގި ސްކޭމް ސެންޓަރުން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފޭރިގަނެ، އިންސާނީ ވަގުފާރީގެ މައްސަލަ ފެންމަތިވެ، އެކަމާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަޔަކު ސަލާމަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 800 ފިލިޕީސް މީހަކާއި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެ އެވެ.

މި ސްކޭމްގެ މައްސަލަ ފަޅާއެރުމާ އެކު އެލީސް ފިއްލަވައިގެން އުޅުއްވަނިކޮށް ހައްޔަރުކުރީ މިދިޔަ އަހަރު އެވެ. އޭނަގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ކުށް ސާބިތުވެ އުމުރުގެ ދުވަހުގެ ޖަލު ހުކުމެއް އައި އިރު ދައުވާ އަށް އިންކާރު ކުރައްވާފައިވެ އެވެ.

އެލީސްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ވެސް ހިމެނޭ ގޮތަށް އިތުރު ފަސް ދައުވާއެއްގެ ޝަރީއަތް ވެސް ހިނގަމުން ދެ އެވެ.