Last Updated: June 6, 11:50
Saturday, June 6, 2026
ޚަބަރު

ނާގޯށި ރިސޯޓް ޕްރޮޖެކްޓަށް މީހުން ހޯދަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް (އެމްޓީޑީސީ) އިން ހދ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ފަށާފައިވާ ނާގޯށި މަސައްކަތްތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ނާގޯށި ޕްރޮޖެކްޓަށް މުއައްޒަފުން ހޯދާ މަގާމްތަކުގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖަރުން، ކޮންސްޓްރަކްޝަން މެނޭޖަރު، ޕްލޭނިން މެނޭޖަރު، ކުއަންޓިޓީ ސާވެއަރުން، ސައިޓް އިންޖިނިއަރުން، އެޗްއެސްސީ އިންޖިނިއަރުން، ޕްރޮކިއުމަންޓް އޮފިސަރުންގެ އިތުރުން މެޕް ކޯޑިނޭޓަރުންގެ އިތުރުން ތަފާތު މަގާމުތައް ހިމެނެއެ ވެ.

ހުއްޓިފައި ވަނިކޮށް ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދަނީ ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްމ)ެ ދުވެރިކޮށް ފައިސާ ހޯދައިގެންނެވެ.

ނާގޯށީގެ 33 ޕަސެންޓް މަސައްކަތް ކުރިން ނިމިފައިވާއިރު، އެމްޓީޑީސީން ބުނެފައި ވަނީ ބާކީ މަސައްކަތްތައް ކުރިއަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށވެވެ. އެގޮތުން ނާގޯށި ފުރަތަމަ ހުޅުވާ އިރު 183 ކޮޓަރި ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 100 ވޯޓާ ވިލާ އާއި 83 ބީޗް ވިލާއެވެ.

ނާގޯށީގެ ފުރަތަމަ ފިޔަވަހި ތަރައްޤީކުރުމަށް 37 މިލިއަން ޑޮލަރު ހަރަދުވާނޭކަމަށް އެމްޓީޑީސީން ބުނެފައިޗެ އެވެ. މިހާރު ކޮށްފައި މަސައްކަތްތަކަށް 15 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

އެމްޓީޑީސީން ނާގޯށި ތަރައްޤީ ކުރަމުން އަންނަތާ 15 އަހަރު ވެފައިވާއިރު، ނާގޯއްޓަކީ ސަރުކާރުން އެމްޓީޑީސީއަށް އެންމެ ފުރަތަމަ ރިސޯޓް ތަރައްޤީކުރުމަށް ދިން ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެމްޓީޑީސީން ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް މީގެ ކުރިން ރަޝިއާ އަދި ދުބާއީގެ ކުންފުންޏަކާ ވެސް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ކުރިއަށް ގެންދަން ހުރަސް އެޅި މަސައްކަތް ހުއްޓިފައިވެ އެވެ.

އެމްޓީޑިސީއަކީ ޓޫރިޒަމްގެ މަންފާރައްޔިތުންނަށް ސީދާ ގޮތެއްގައި ހޯދައި ދޭން ކުރީފެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2006 ގައި އުފެއްދި ކުންފުންޏެވެ. އެ ކުންފުނިން ތަރައްގީކޮށް ހުޅުވި ފުރަތަނަ ރިސޯޓަކީ އަައްޑޫގައު 2007 ގައި ހުޅުވި ހެރަތެރަ މިހާރުގެ ކެނަރީފް ރިސޯޓެވެ.