Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ކަޓަރާ އެކު 2 މީހަކު ހައްޔަރުކޮށްފި

ކަޓަރަކާ އެކު ގްރޫޕް މާރާމާރީއެއްގައި ހިމެނޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ދެ މީހުންގެ ބަންދަށް ވެސް 7 ދުވަސް ޖަހާފައިވާ ކަމަށެވެ. އެ މީހުންގެ ފުލުހުން ވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތުކޮށްފަ އެވެ.

ދެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި އެ މީހުންގެ އަތުން ކަޓަރެއް ފެނުނީ ދުއްވި ސައިކަލުގެ މަޑި ދަށުންނެވެ. އަދި އެއީ މީހެއްގެ ގަޔަށް ޖަހަން ގެންގުޅުނު އެއްޗެއް ކަމަށް އެ ތަނުން އެކަކު ސީނުގައި ބުނެފައިވާ ކަމަށް ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

ގްރޫޕަކަށް ނިސްބަތްވާ ބަޔަކު ތޫނު އެއްޗަކުން މަރާމާރީ ހިންގަން އުޅެނިކޮށް ހައްޔަރުކުރި އިރު، ރާއްޖޭގައި މިހާރު ގޭންގުތަކުގައި ޒުވާނުން ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ވެސް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ތިން ދުވަސް ކުރިން ވިދާޅުވެފައިވެ އެވެ.