Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަސައްކަތްތެރިންނާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ޝަރަފުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، 'ޑީސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމް (ޑީޑަބްލިއްސީޕީ) ގައި ރާއްޖެ އިން ސޮއިކޮށްފި އެވެ.

މަސައްކަތްތެރިލަމާ ބެހޭ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމަށް އަޅާ މުހިންމު ފިޔަވަޅެެއް ކަމަށެވެ.

މި މުހިންމު އެއްބަސްވުން މިނިސްޓްރީން ހެދީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ (އައިއެލްއޯ) އާ އެކު އެވެ. އްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އަދި އެއްވެސް ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރުމެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، މީގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަނީ ރާއްޖެއަށް ޚާއްޞަކުރެވިފައިވާ ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް 2025-2031 ތަންފީޛުކުރުމުގައި އެއްބާރުލުން ދިނުމަށް އިޤްރާރުވެފައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ލޭބަރ މާކެޓްގެ ހުރިހާ ދާއިރާއަކަށް އޭގެ ފައިދާ ލިބިގެންދާނެ އެވެ.

ޑީޑަބްލިއުސީޕީގައި ހިމެނެނީ މައިގަނޑު ތިން ދާއިރާއެއް:

• ހުރިހާ އެންމެންނަށް ހިއްސާކުރެވޭ ތަނަވަސްކަމާއި ޝާމިލުކުރުވަނިވި އިންސާނީ ތަރައްޤީ ކުރިއެރުވުން.
• ބައިނަލްއަޤްވާމީ ލޭބަރ ސްޓޭންޑަރޑްތައް ތަސްދީގުކުރުން އިތުރުކުރުމާއި، މިންތިއާއި ގިންތީގެ ހަމަހަމަ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތަކުގެ ތެރެއިން އެކަންކަން ތަންފީޒު ކުރުން.
• ޖެންޑަރ ރެސްޕޮންސިވް ޓްރައިޕާޓިޒަމް އަދި އިޖްތިމާޢީ މަޝްވަރާގެ ނިޒާމުތަކާއި، އިޖުރާއަތްތަކާއި، ޤާބިލިއްޔަތުތައް ހަރުދަނާކުރުން.