Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މީދޫ ރަށު ކައުންސިލްގެ ރައީސަކަށް ސާލިހާ ވާދަކުރަނީ

ރަށު ކައުންސިލެއް ހަދަން ދާދި ފަހުން ނިންމި އައްޑޫ މީދޫ ރަށު ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށް މީދޫގެ މިހާރުގެ ކައުންސިލަރު އައިމިނަތު ސާލިހާ ވިދާޅުވެއްޖެ އެވެ.

މިކަން މިއަދު އޭނަ ރަސްމީކޮށް ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކުރައްވާފައިވެ އެވެ. ސާލިހާ ވިދާޅުވީ ރަށު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވީ ރަށުގެ ކުރިއެރުމަށްޓަކައި ކަމަށެވެ. އެހެންވެ ރައްޔިތުން އޭނަ އަށް ތާއީދުކޮށް ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

ސާލިހާ ނިސްބަތް ވަނީ ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށެވެ.

އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، މީދު އާއި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެންނަ ކަމަށް ރައްޔިތުން ނިންމީ މިދިޔަ މަހުގެ 25 ގައި ނެގި ފެންނަ ނުފެންނަ ވޯޓުންނެވެ.

އެހެންވެ އަންނަ އަހަރުގެ މާޗް 28 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މީދު އާއި ހުޅުދު އަށް ބާއްވާނީ ރަށު ކައުންސިލް އިންތިހާބެވެ.